ރާއްޖެއިން އަންނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކު ދެއްކުމަށް އިތުރު ސްކޫކެއް ވިއްކުމަށް ސަރުކާރުން ރާވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ސީއެންއެން އިކޮނޮމިކްސްއަށް ދެއްވި އިންޓަވިއުއެއްގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ، އަންނަ އަހަރު ދައްކަންޖެހޭ ސްކޫކަށް ފައިސާ ހޯދުމަށް އާ ސްކޫކެއް ވިއްކޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވިގޮތުގައި، ރާއްޖޭގެ އެތެރޭގެ ބާޒާރުގައި އިސްލާމިކް ސްކޫކު ވިއްކުމަށް ބޭނުންވާ އޮނިގަނޑު މިހާރު ވަނީ ގާއިމްކުރެވިފަ އެވެ. އެގޮތުން، އަންނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ތެރެއިން 500 މިލިއަން ޑޮލަރަކީ ސްކޫކަށް ދައްކަންޖެހޭ ފައިސާކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެތެރޭގެ ބާޒާރުގައި އިސްލާމިކް ސްކޫކް ވިއްކޭނޭ ފްރޭމް ވޯކް މިހާރު އެބަހުރި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު

މި ފައިސާ ދެއްކުމަށް އާ ސްކޫކެއް ވިއްކުމަކީ ސަރުކާރުން ވިސްނާފައިވާ އެއްގޮތް ކަމަށްވެ އެވެ.