ބޭންކެއް ހަދަން ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން ބީއައިސީ ބޭންކަށް ހުއްދަ ދިނީ އާ ހުށަހެޅުމެއް ލިބުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބޭންކެއް ގާއިމް ކުރަން ހުއްދަ ދެމުން އަންނަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

އައިސީ ބޭންކުގެ ޑިއު ޑިލިޖެންސް ފެއިލްވުމުން އެމްއެމްއޭގެ ބޯޑުން ބޭންކިން ހުއްދަ ނުދޭން ނިންމި ކަމަށެވެ.

އެ މަރުހަލާތަކަކީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމާއި ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމަށްފަހު ލައިސަންސް ދިނުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ސަންސްއަށް އެދި ލިބޭ ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި އެމްއެމްއޭއިން ބަލަނީ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަމާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ހިއްސާދާރުންނާއި ސީނިއާ މެނޭޖުމަންޓުގެ ފިޓް އެންޑް ޕްރޮޕާއަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭ އިން މިފަދަ ބަޔާނެއް ނެރުނީ ބީއައިސީ ބޭންކަށް ހުއްދަ ނުދޭން އެ އޮތޯރިޓީގެ ބޯޑުން ނިންމި ކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ.