ށ. ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ ދެ ކިލޯ މީޓަރުގެ ސަރަހައްދެއްގައި 50 އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފަ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބުކުރި އިބްރާހިމް ނިޝާމް އަޙްމަދު ވިދާޅުވީ މީގެ ކުރިން އެ ސަރަހައްދުގައި އެއްވެސް ލައިޓެއް ނެތް ކަމަށެވެ.

ށ. ގޮއިދޫ ބޮޑު މަގުގައި އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކުރުމުގެ މަސައްކަތްކުރަނީ. އެ ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ ދެ ކިލޯ މީޓަރުގެ ސަރަހައްދެއްގައި 50 އިޔާދަ ކުރަނިވި ހަކަތައިން ދ

"މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް މި ޕްރޮޖެކްޓް ނިންމާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. ލައިޓު ޖެހުމުގެ އަމަލީ މަސައްކަތުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ކަމުގެ ފަންނުވެރި ރަށުގެ ޒުވާނުންކަން ފާހަގަ ކުރަން،" އޭނާ ވިދާޅުވި އެވެ.

ނިޝާމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާކުރާނެ ކަމަށެވެ.

"މީގެ ތެރޭގައި ދަނޑުވެރިންނާއި، ފަންވިޔާ ފަރާތްތަކާއި، ކަނަމަދު އެއްކޮށް އެކަމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ޕާކުތަކާއި ޕިކްނިކްދާ މީހުންވެސް ހިމެނޭ. މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި އަދި ރަށުގެ ޒުވާނުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދިވެސް މި ފަދަ ރަށުގެ ތަރައްޤީއަށް ފަހިވާނެ އިތުރު ޕްރޮޕޯސަލްތައް ހުށައެޅުމުގެ ވިސްނުން އަޅުގަނޑުމެން ޒުވާނުންގެ އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ށ. ގޮއިދޫ ބޮޑު މަގުގައި އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފައި. އެ ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ ދެ ކިލޯ މީޓަރުގެ ސަރަހައްދެއްގައި 50 އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރު

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިންވަނީ ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށް، އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފަ އެވެ.