މިއަދު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ދިމާކޮށް ޕިއްޒާ ކިޗަނުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ރެސްޓޯރަންޓުން ބުނިގޮތުގައި އެތަނުން މިއަދު ޑެލިވަރީކުރާ ކޮންމެ އެއްޗަކަށް ޕިއްޒާ ކިޗަނުން ދިހަ ޕަސެންޓް ޑިސްކައުންޓެއް ދޭއިރު، ޓޭކްއަވޭއަކަށް 15 ޕަސެންޓް ޑިސްކައުންޓްދޭން ނިންމާފައިވެ އެވެ.

ޕިއްޒާ ކިޗަނުން ބުނިގޮތުގައި މި ޕްރޮމޯޝަން ހިންގުމުގެ މަގްސަދަކީ ވޯޓުލާން ނުކުންނަ ފަރާތްތަކުގެ އަގު ވަޒަންކުރުން ކަމަށެވެ.

ޕިއްޒާ ކިޗަންގެ މެނޭޖްމަންޓުން ބުނިގޮތުގައި އެތަނުގެ ހުރިހާ އުފެއްދުންތައް ވެސް ތައްޔާރުކުރާނީ ސާފުތާހިރުކަމަށް އިސްކަންދީ، އެޗްޕީއޭގެ މިންގަނޑުތަކާ ވެސް އެއްގޮތަށެވެ.

މި އުފެއްދުންތައް އެ ރެސްޓޯރެންޓަށް ގޮސް ކެއުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. އަދި 3356565 ނަންބަރަށް ގުޅައިގެން ވެސް އޯޑަރުކުރުމުން މާލެ ސަރަހައްދުގައި ފްރީ ޑެލިވަރީ ކޮށްދޭނެ އެވެ. މީގެ އިތުރުން 7889696 އަށް ވައިބާ ކޮށްގެން ވެސް ޕިއްޒާ އޯޑަރު ކުރެވޭނެ އެވެ.

ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރި، ހިތިގަސް މަގުގެ ހަ ނަންބަރު ގޯޅީގަ އެވެ.