މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 140،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށްޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު ރާއްޖެއަށް 141،772 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 15 ޕަސެންޓްގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 6 މަސް ނިމުނުއިރު ރާއްޖެއަށް އައިސްފައި ވަނީ 1،108،130 ޓޫރިސްޓުންނެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.1 ޕަސެންޓްގެ އިތުރުވުމެކެވެ.
އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި 5 ގައުމު:
- ޗައިނާ: 141،162 ޓޫރިސްޓުން
- ރަޝިއާ: 126،780 ޓޫރިސްޓުން
- އިނގިރޭސިވިލާތް: 108،371 ޓޫރިސްޓުން
- އިޓަލީ: 86،891 ޓޫރިސްޓުން
- ޖަރުމަން: 82،188 ޓޫރިސްޓުން
ފުރަތަމަ 6 މަސްދުވަހު ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓްތަކުގަ އެވެ. އެއީ 72.4 ޕަސެންޓް ޓޫރިސްޓުންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގަ އެވެ. އެއީ 22.5 ޕަސެންޓް ޓޫރިސްޓުންނެވެ. އަދި 2.8 ޕަސެންޓް ޓޫރިސްޓުންނާއެކު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް އަމާޒުހިފާފައި ވަނީ ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އަދި މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.