ރާއްޖޭގެ އިގްތިސޯދީ އުފެއްދުންތެރިކަން މި އަހަރު 18.9 ޕަސެންޓު ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފްއިން ބުނީ، 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދީ އުފެންދުންތެރިކަން ދަށްވެފައިވާ ކަމަށެވެ. އެގޮތުން 32 ޕަސަންޓު ދަށްވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އެއާއެކު ވިދާޅުވީ 2021 ވަނަ އަހަރު ރާއްޭގެ އިގްތިސޯދީ އުފެންދުންތެރިކަން 18.9 ޕަސަންޓަށް ކުރިއަރާނެ ކަމަށެވެ.

ދެހާސް ބާވީސް ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދީ އުފެންދުންތެރިކަން 13.4 ގައި ހުންނާނެ އައިއެމްއެފްއިން ލަފާކުރާއިރު އެ އަދަދު 2023 ވަނަ 12.6 ޕަސަންޓަށް ތިރިވާނެ އެވެ.ހޮންގްކޮންގު ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗް އިން ވެސް ވަނީ ރާއްޖޭގެ އިގްތިސޯދު މިއަހަރު 18 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކޮށްފަ އެވެ.