ޖޫރިމާނާގެ ގޮތުގައި ދައުލަތަށް ލިބުނު އާމުދަނީއަށް ދެ މިލިއަން އިތުރުވެފައިވާކަމަށް ފިނޭސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭސް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުގައި ވާގޮތުން 2020 ވަނަ އަހަރުގެ މާޗު މަހު ދައުލަތަށް ޖޫރިމާނާގެ ގޮތުގައި ލިބިފައިވަނީ 7.89 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ޖޫރިމާނާގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. މިއީ 2.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޕަސެންޓޭޖުން ބަލާނަމަ 28 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު އެޕްރީލް މަހުގެ ނިޔަލަށް ޖޫރިމާނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 47.8 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 33.5 މިލިއަން ރުފިޔާ އެވެ. އެއީ މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 ޕަސެންޓުގެ ދަށްވުމެކެވެ.