ދިރާގު ޓީވީގެ ހިދުމަތް ރ. މަޑުއްވަރީއަށް ތައާރަފްކޮށްފި އެވެ.

މަޑުއްވަރީއަށް ދިރާގު ޓީވީގެ ހިދުމަތްތަށް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މަޑުއްވަރީގައި ދިރާގު ޓީވީ މަޑުއްވަރީއަށް ތަޢާރަފުކޮށްފައިވަނީ ދިރާގު ޓީވީ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ ޕޮރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް ހިލޭ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މޭ 31ގެ ނިޔަލަށެވެ.

މީގެ އިތުރުން، އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލެވިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވެން ހުންނާނެ އެވެ.

ދިރާގު ޓީވީއަށް މިހާރު އެޕްލައި ކޮށްގެން ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ހުރިހާ ޗެނަލްތައްވެސް ބެލެން ހުންނާނެ އެވެ. ދިރާގު ޓީވީގެ ގޯލް ޕެކޭޖުން 100 އަށް ވުރެ ގިނަ ޗެނަލް، މީގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި ސިނަމާޗީގެ ޗެނަލް ތައް އެންމެ 450 ރުފިޔާ އަށް ބަލާލެވެން ހުންނާނެ އެވެ.

އަލަށް ތައާރަފުކުރި ޗެނަލް ތަކުގެ ތެރޭގައި ސިނަމާޗީ އެކްޝަން، ސިނަމާޗީ ރޮމޭންސް، ސިނަމާޗީ ކޮމެޑީ، ސިނަމާޗީ ޑްރާމާ އަދި ސިނަމާޗި ކްރައިމް ފަދަ ޗެނަލްތަށް ހިމެނެ އެވެ. އެގޮތުން މިޗެނަލްތައް ދިރާގު ޓީވީގެ ގޯލްޑް ޕެކްއަދި ދިރާގު ޕްލޭ އެޕްގެ ޕްލޭ މޯ ޕެކޭޖުން ބެލޭނެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ، ދިރާގު ޓީވީގެ އާ އޮފާ ތަކާ އިތުރު ޗެނަލްތައް ތައާރަފުކޮށްފައިވާ ދަނޑިވަޅެއްގައި މަޑުއްވަރީގައި ދިރާގުޓީވީ ހިދުމަތް ތައާރަފު ކުރުމާމެދު ވަރަށް އުފާ ކުރާކަމަށާއި، މަޑުއްވަރީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއެ ގެނެސްދީ ދިރާގުޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހަމައެއާއެކު ގިނަ ކޮލެޓީ ޗެނަލްތަކެއް ހެޔޮއަގެއްގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބެލެން ހުންނާނެ އެވެ.