ދިރާގުން މިފަހަރު ރޯދަ ހަދިޔާގެ ގޮތުގައި މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން ގަންނަ ބޫސްޓާ ޕެކޭޖްތަކުން ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

ދިރާގުން ބުނިގޮތުގައި މި ރަމަޟާން މަހު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް 45 ރުފިޔާއަށް ރޯދަ 10 ޖީބީގެ އެފްބީބީ ޑޭޓާ ބޫސްޓަރެއް ގަނެވޭނެ ކަމަށެވެ. އަދި މި ބޫސްޓަރު ގަތުމުން މަސް ނިމެންދެން ބޭނުނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ރޯދަ 7 ޖީބީގެ ބަންޑަލް ގަނެވޭނެ ކަމަށެވެ. މި ޑޭޓާ ބަންޑަލްތައް ވިއްކަނީ 30 ދުވަހުގެ މުއްދަތަށެވެ. ކަސްޓަމަރުންނަށް މި ބަންޑަލްތައް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކޮށްގެން ވެސް ގަނެވޭނެ އެވެ.

"ހަމައެއާއެކު ރަމަޟާން މަހަކީ ދީލަތިކަމާއި، އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މަހެކެވެ. އެގޮތުން މި މާތް މައްސަރުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މި ފަހަރު ރަމަޟާން މަހު ކަސްޓަމަރުން ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓަރސް އަދި ބަންޑަލްތައް ބައްލަވައިގަތުމަށް ކުރައްވާ ހަރަދުގެ 10 ޕަސެންޓް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައި،" ދިރާގުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ކުރިއެކޭ އެއްގޮތަށް މިއަހަރު ވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގު ޕޭ އެޕް ނުވަތަ ދިރާގު ވެބްސައިޓަށް ވަދެގެން ފައިސާ ދެއްކޭނެ ގޮތް ވަނީ ހަދައިފަ އެވެ. ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން #5*454* އަށް ގުޅައިގެން ފިތުރު ޒަކާތް ދެއްކެ އެވެ.

ދިރާގުން މިފަހަރު ރޯދަމަހު ކަސްޓަމަރުން ޑޭޓާ ޕެކޭޖަށް ހިލޭ އެލަވަންސެއް ނުދެ އެވެ.