ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެލްފް ސާވިސް ބޭންކިން ސެންޓަރަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭނުންކުން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ސެލްފް ސާވިސް ސެންޓަރު ގާއިމްކޮށްފައި ވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗްގެ އިމާރާތުގައި ކަމަށެވެ.

އެ ބޭންކުން ބުނިގޮތުގައި އެ ދެ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާއެކު 24 ގަޑިއިރު ބޭންކިން ހިދުމަތް ލިބޭނެ އެވެ. އަދި އެ ސެންޓަރު މެދުވެރިކޮށް ރަށުގެ ރައްޔިޔުންނަށާއި ރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މިއާއެކު ކުޅުދުއްފުށީގައި ދެ ސެލްފް ސާވިސް ބޭންކިން ސެންޓަރު މިހާރު ގާއިމުކޮށްފަ އެވެ. ފުރަތަމަ ސެލްފް ސާވިސް ސެންޓަރު ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގަ އެވެ.

ދާދި ފަހުން ބޭންކުންވަނީ ހދ. މަކުނުދޫގައި މުޅިން އަލަށް ސެލްފް ސާވިސް ބޭންކިން ސެންޓަރު ހުޅުވައި ގދ. ފަރެސްމާތޮޑާގެ އޭޓީއެމް ސެންޓަރު ވެސް އަލުން ހުޅުވާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 69 ސެލްފްސާވިސް ބޭންކިން ސެންޓަރު، 130 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.