Advertisement

އާ އަހަރުފުރުމާ ދިމާކޮށް ރާއްޖެ އައި މަތިންދާބޯޓުތަކެއް ވެލާނާ އެއާޕޯޓުގައި ޕާކުކޮށްފައި. އެ ކުންފުނީގައި އަދިވެސް އެމްޑީއެއް ނެތް. ފޮޓޯ: އެމްއޭސީއެލް

ޗައިނީސް އާ އަހަރާ ދިމާކޮށް އަންނަ ޓޫރިސްޓުން އިތުރުވެ، އެއާޕޯޓު ބިޒީވެއްޖެ

FacebookTwitterWhatsAppTelegramViber

ޗައިނީސް އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މި ދެތިން ދުވަހު ކުއްލިއަކަށް އިތުރުވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބިޒީވެ، ފްލައިޓްތައް ޑިލޭވާން ފަށައިފި އެވެ.

މިއަހަރުގެ ޗައިނީސް އާ އަހަރު ފުރުން ފާހަގަކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން، އާ އަހަރާ ދިމާކޮށް ހަފުތާއަކަށް ވުރެ ގިނަ ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބޭތީ އެ ގައުމުގެ އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަކުރަން ދަތުރުކުރެ އެވެ.

ވެލާނާ އެއާޕޯޓަށް ފުރަން ގޮސް ތިބި ފަސިންޖަރުންތަކެއް ޗެކިން ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ: އެމްއޭސީއެލް

ޗައިނީސް އާ އަހަރާ ދިމާކޮށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އެއާޕޯޓުގެ ޓްރެފިކަށް ބާރު ބޮޑުވެފައިވާ މައްސަލައާ ބެހޭ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ )އެމްއޭސީއެލް( ގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ ޗައިނީސް އާ އަހަރާ ހެދި ފަސިންޖަރުންނަށް ފްލައިޓްތައް ލަސްވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ. އަދި ބޭރަށް ފުރާ ފަސިންޖަރުންގެ ފްލައިޓްތަކާ ދިމާވާ ގޮތަށް ޑޮމެސްޓިކް ފްލައިޓްތައް ގަޑިއަށް ފުރުވާލަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޗައިނީސް އާ އަހަރާ ދިމާކޮށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ރެކޯޑް މިންވަރަކަށް ސީޕްލޭންގެ ދަތުރުތައް ވެސް މިދިޔަ ހަފުތާގައި އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެކަނި 531 ސީޕްލޭން މޫވްމަންޓް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top