ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަހަރެއްގެ ވިސާ ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހަކަށް ދިން އިންޓަވިއެއްގައި ޑރ. މައުސޫމް ވިދާޅުވީ، މިހާރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޓޫރިިސްޓުންނަށް ގިނަ ދުވަހު ރާއްޖެ ތިބެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އުމުރުން ދުވަސް މީހުންގެ މާކެޓަކީ ވަރަށް އުއްމީދީ މާކެޓެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އުމުރުން ދުވަސްވީ މީހުން އަވަސް އަވަހަށް ތަންތަނަށް ބޭނުން ނުވުން ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

ޓޫރިސްޓުންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމުގެ ކަންތައް ހަގީގަތަކަށް ހެދޭނީ އިމިގްރޭޝަންގެ ގާނޫނަށް ބަދަލުު ގެނެސްގެންނެވެ. އަދި އެއް އަހަރު ދުވަހުގެ ވިސާ ދިނަސް އޮން އެރައިވަލް ޓޫރިސްޓް ވިސާ ތިން މަހަށް ވުރެ އިތުރު ކުރަން ނުފެންނަ ކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފަ އެވެ.