މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 1.225 ރުފިޔާ ބެހުމަށް ނިންމައިފި އެވެ.

އިސްލާމިކް ބޭންކްއިން ބުނީ 2020 ވަނަ އެބޭންކްގެ އާމްދަނީ ދަށްވި ނަމަވެސް ފައިދާ ވުމުގެ ސަބަބުން ލިބުނު ފާއިދާއިން ޑިވެޑެންޑުގެ ގޮތުގައި 27.5 މިލިއަން ރުފިޔާ ބަހަން ބޯޑަށް ހުށަހަޅަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ހިއްސާއަކަށް 1.225 ރުފިޔާ ކަމަށްވެސް އެބޭންކް ބުނެއެވެ.

މި ހުށަހެޅުމާއި މެދު ގޮތެއް ނިންމާނީ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ. އެހެންނަމަވެސް އެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

މިދިޔަ އަހަރު އެކުންފުނިން ބަހަން ނިންމީ 1.58ރ. ބަަހަން ވަނީ ނިންމައިފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 35.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްއައިބީން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރީ 2019 ވަނަ އަހަރު އެވެ. އެ ކުންފުނިން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފައިވެ އެވެ.