ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނިގޮތުގައި މިހާރު އެކުންފުނިން 25 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކަމުން އަންނަނީ 100 ރުފިޔާ އަށެވެ. ކުރިން ވިއްކަމުން އައީ 200 ރުފިޔާއަށެވެ.

މިއާއެކު ފިޔާގެ ރީޓެއިލް އަގަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ. މިހާރު އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަމުންދަނީ 4.50 ރުިފޔާ އަށެވެ. ކުރިން ފިޔާ ކިލޯއެއް އެސްޓީއޯއިން ވިއްކާފައިވަނީ 9.50 ރުފިޔާ އަށެވެ.

އެސްޓީއޯއިން ބުނީ ފިޔާގެ އަގު ހެޔޮކޮށްފައިވަނީ ފިޔާގެ ރަނގަޅު ސްޓޮކެއް ލިބިފައި ހުރުމުން ވީހާވެސް ގިނަ ބަޔަކަށް ގަނެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މި ރޯދަ މަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސްނުވެ ލިބޭނެ އެވެ. އަދި ބާޒާރުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް ލޯކަލް މާރުކޭޓްގައިވެސް ތަކެތީގެ އަގުތައް ވަނީ ތިރިވެފަ އެވެ.