ވެލިގާ ހާޑްވެއާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުގައި ކުރިއަށްގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އިނާމް ހަވާލުކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަވާޑްވެއާ ވިޔަފާރިކުރާ ކުންފުނިން ކުރިޔަށް ގެންދިޔަ އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި ރަސްމިއްޔާތު ވެލިގާ އާއި ބްލަންކުގެ ސޯޝަލް މީޑިއާތަކުން ލައިވްކުރި އެވެ.

މިދިޔަ މަހުގެ 15 އިން ފެށިގެން މި މަހުގެ 20 އާ ހަމަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި 13 ނަސީބުވެރިން ވަނީ ހޮވައިފަ އެވެ.

ވެލިގާއިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގައި 30،000ރ. ގެ ވައުޗަރު ލިބުނު ހާޝިމް އަބްދުލް ހަކީމާ ވެލިގާއިން ވައުޗަރު ހަވާލުކޮށްދެނީ. ފޮޓޯ: ވެލިގާ

ތިރީސް ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީގެން ކުރިޔަށް ގެންދިޔަ އެ ޕްރޮމޯޝަން މުއްދަތުގައި ކުރި ކޮންމެ 100 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރި އެވެ. އަދި, އިތުރަށް ކުރި ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ވެސް ދީފައިވެ އެވެ.

ވެލިގާ ރޯދަ ޕްރޮމޯޝަނުގެ ނަސީބުވެރިން

  1. ފަޒާލް ތައުފީގު (017934) : 50،000ރ. ގެ ވައުޗަރު
  2. ހާޝިމް އަބްދުލް ހަކީމް (059861) : 30،000ރ. ގެ ވައުޗަރު
  3. އަމްނު އަހުމަދު (003834) : 20،000ރ. ގެ ވައުޗަރު
  4. އަހުމަދު (048060) : މެޓާބޯ ޓޫލްސެޓް
  5. އަބްދުﷲ ސައީދު (009516) : މެޓާބޯ ޓޫލްސެޓް
  6. އަބްދުﷲ ޒުހުރީ (022382) : ހޯމް ޑެކޯ ކިޓް
  7. އަހުސަން މުހައްމަދު (044085) : ހޯމް ޑެކޯ ކިޓް
  8. އާދަމް ނަސީރު (008196) : ޓީވީ
  9. އަހުމަދު ހުސައިން (010075) : ޓީވީ
  10. މުހައްމަދު ޝައުޔާ (021964) : ލެޕްޓޮޕް
  11. މޫސާ ޖިނާން (023548) : ލެޕްޓޮޕް
  12. އެމްޑީ އަބޫ ޔޫސުފް (015734) : ކޮފީ މެޝިން
  13. މުހައްމަދު ޝައިފާން (043485) : ކޮފީ މެޝިން

ވެލިގާއިން ބުނިގޮތުގައި މި ޕްރޮމޯޝަނުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ދެފުށް ފެންނަ ގޮތަށެވެ. އެގޮތުން، މިނިވަން އޮޑިޓް ފާމެއް ކަމަށްވާ އޭއައިއެކްސް އެސޯސިއޭޓްސް އިން މި ޕްރޮމޯޝަންގެ އޮޑިޓް ހަދާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެލިގާއިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގައި އިނާމް ލިބުނު ފަރާތާ ވެލިގާއިން ހަވާލުކޮށްދެނީ. ފޮޓޯ: ވެލިގާ

ވެލިގާއިން ބުނީ މި ފަހަރުގެ ޕްރޮމޯޝަނަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހިީބެއް ލިބުނު ކަމަށެވެ. އެހެންވެ މިއަހަރުގެ ތެރޭގައި މިފަދަ އިތުރު ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.