Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް ހުންނަ އިމާރާތް. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ބީއެމްއެލްއިން.

ސަރުކާރުގެ 21 ކުންފުންޏަކަށް ލިބުނު ސާފު ފައިދާ 14 ޕަސެންޓް އިތުރުވެއްޖެ

FacebookTwitterWhatsAppTelegramViber

ސަރުކާރު ހިއްސާވާ 21 ކުންފުންޏަކަށް މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ލިބުނު ސާފު ފައިދާ 14 ޕަސެންޓް އިތުރުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނިޓާކުރާ ޕްރައިވެޓައިޒޭޝަން ބޯޑުން ފުރަތަމަ ފަހަރަށް އާއްމުކުރި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން 21 ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 957.9 މިލިއަން ރުފިޔާ އެވެ. 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ލިބިފައި ވަނީ 841 މިލިއަން ރުފިޔާ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ސަރުކާރުގެ 21 ކުންފުންޏަށް ދެވަނަ ކުއާޓަރު ނިމުނުއިރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.1 ބިލިއަން ރުފިޔާ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ފުރަތަމަ ހަމަސް ދުވަހު އެންމެ ބޮޑު ފައިދާއެއް ނެރުނީ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ 21 ކުންފުނީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް (އޭއައިއޭ) ކޮމްޕެނީން ކަމަށެވެ. އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ހިއްސާވާ ކާސާ ހޯލްޑިން އިން ގަނެފަ އެވެ.

އޭއައިއޭއަށް މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނުއިރު 13.3 މިލިއަން ރުފިޔާ ގެއްލުން ވެފައިވެ އެވެ. އަދި 2017 ވަނަ އަހަރުގެ އެ މުއްދަތުގައި 15.5 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top