ރާއްޖޭގެ އިގްތިސޯދު މިހާރު މިއޮތީ ކޮވިޑްގެ ކުރިން އިގްތިސޯދު އޮތް ހާލަތަށް ދިއުމުގެ މަގުމަތީގައި ކަމަށް ބުނެ ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލާއި ލަންކާއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް އުއްމީދީ ވާހަކަތަކެއް ދައްކަވައިފި އެވެ.

ވޯލްޑް ބޭންކުގެ ކަންޓްރީ ޑައިރެކްޓަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވީ ރާއްޖެއަށް ދާދި ފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.

ފާރިސް ހަދާދު ޒާވޮސް ވިދާޅުވީ، މާލީ ހާލަތާއި ދަރަނި ބެލެހެއްޓުން މެނޭޖުކޮށްގެން، އިގްތިސޯދީ ކުރިއެރުމާއި ތަރައްގީ ރާއްޖެއަށް ހާސިލުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދި މިހާރު އޮތީ ކުރީގެ ހާލަތައް ދިއުމުގެ މަގުމަތީގައިކަމަށާއ އަލުން އޮތް ހާލަތަށް އިގްތިސޯދު ދާން ފަށާފައިވަނީ ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޕާލާއި ލަންކާއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސްރާއްޖެ އަށް ކުރެއްވި ދަތުރު ނިންމާލާފައިވަނީ އިއްޔެ އެވެ. ރާއްޖެއަށް ކުރެއްވި އެ ދަތުރުގެ ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސޯދީ ކާރިސާ އިން އަރައިގަނެ، ކުރިއަށް ވުރެ ރަނގަޅަށް އިގްތިސޯދެއް ބިނާކުރުމުގައި އެހީތެރިވުމާ ގުޅޭ ގޮތުން ރާއްޖެއާއެކު ވޮލްޑް ބޭންކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ކުރެއްވި ދަތުރުކެވެ.