ދަނޑުވެރިކަން ކުރުމަށް ސަރުކާރުން އެގްރޯނެޓަށް ދޫކުރާ ދެ ރަށެއްގެ އެގްރިމަންޓްގައި ސޮއިކޮށްފި އެވެ.

އެގްރޯ ނެޓަށް ސަރުކާރުން ވަނީ ދަނޑުވެރިކަން ކުރުމަށް މިހާތަނަށް ވަނީ ތިން ރަށެއް ދޫކޮށްފަ އެވެ. އެއީ ހއ. މުލިދޫ އާއި ލ. ގާދޫ އަދި ގދ. ގަމެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަށް ސަރުކާރުން ދޫކޮށްފައިވަނީ އެރަށްތަކުގެ ތެރެއިން މިއަދު ސޮއިކޮށްފައިވަނީ ހއ. މުލިދޫ، ލ. ގާދޫގެ އެއްބަސްވުމުގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރީ އެގްރޯނެޓާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިންނެވެ.

އެ ދެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރުމާއިއެކު ދެން ކުރިއަށްދާނީ އެ ރަށްތަކުގައި ދަނޑުވެރިންނަށް ބޭނުންވާ އަސާސީ އެކިއެކި ވަސީލަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އެގޮތުން ފެނާއި ކަރަންޓް ފަދަ ވަސީލަތްތައް ލިބޭނެ އިންތިޒާމް އެގްރޯނެޓުން ހަމަޖައްސާނެއެވެ.

އެއަށްފަހު އެގްރޯނެޓާއެކު ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ކޮންޓްރެކްޓް އުސޫލުން މި ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރާނެ އެވެ. އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިން މަޝްރޫޢު ފެށުމާއި އެކު، އެކުންފުންޏާއެކު މަސައްކަތް ކުރުމަށް މިހާތަނަށް 1500 ދަނޑުވެރިން ވަނީ ތައްޔާރުވެފަ އެވެ. އަދި މީގެ ތެރެއިން 787 ފަރާތްތަކާއި އެކު އެއްބަސްވުންތައް އެކުލަވާލުމާއި ހަމައަށް ވަނީ ދެވިފަ އެވެ.