މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގަށް ވުރެ ހެޔޮއަގުގައި ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ޑީސަލް ވިއްކަން ފަށައިފި އެވެ.

ހޮރައިޒަން ފިޝަރީޒް އިން ހިންގާ ކޮމްޕްލެކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން މަސްވެރިންނަށް އެކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 7.10ރ އަށް ކަމަށެވެ. މީގެކުރިން މަސްވެރިންނަށް ޑީސަލް ވިއްކަމުން ދިޔައީ ލީޓަރެއް 8.65ރ. އަށެވެ.

ހޮރައިޒަން ފިޝަރީޒުން ތެލުގެ އަގަށް ގެނައި ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާ އަގަށްވުރެ 23 ލާރި މިވަނީ އަގު ހެޔޮވެފަ އެވެ.

މިފްކޯއިން ވަނީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް އެ ކުންފުނިން ވަނީ މިދިޔަ ހަފުތާގައި ހެޔޮކޮށްފައިވެ އެވެ. އެގޮތުން ކުރިން 8.65ރ. އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 7.33ރ. އަށެވެ.

ތެލުގެ އަގަށް ގެނައި ބަދަލާއެކު މިފްކޯ އާއި ހޮރައިޒަންއިން ސް މަސްވެރިން ނޫން ފަރާތްތަކަށް ޑީސަލް ލިޓަރެއް ވިއްކާނީ 13 ރުފިޔާ އަށެވެ.