މިދިޔަ އަހަރުގެ ފައިދާ އިން ޑިވިޑެންޑުގެ ގޮތުގައި 60 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެސްޓީއޯ އިން ނިންމައިފި އެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ވަނީ އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.

ލިސްޓިން ރޫލްސް އާއި ސެކިއުރިޓީޒް ކޮންޓިނުއިން ޑިސްކްލޯޝާ އޮބްލިގޭޝަން އޮފް އިޝުއާޒް ރެގިއުލޭޝަންގެ ދަށުން ލިސްޓެޑް ކުންފުނިތަކުން މި އަހަރު އަހަރީ އާންމު ރިޕޯޓް އާންމު ކުރަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 އޭޕްރީލް އެވެ.

ނަމަވެސް އެސްޓީއޯ ގްރޫޕްގެ 2020 ވަނަ އަހަރުގެ އޮޑިޓް ނިންމުމުގައި ލަސްތަކެއް ދިމާވުމާއެކު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ހުއްދައާއެކު އެ ރިޕޯޓް އާންމު ކުރާ މުއްދަތު 15 މެއިއާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.