ދިރާގުން ފިތުރު ޢީދުގައި ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅައިދީ، ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ

.ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ގްރޭޓަރ މާލެ ރީޖަންގައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅިގެން، މި އަހަރުވެސް ފިޠުރު ޢީދު ފާހަގަކުރަން ޖެހިފައި މި ވަނީ ގޭގައި ތިބެގެންނެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ އީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅުވައިދިނުމަށެވެ.

އެގޮތުން، މި އަހަރު ރަމަޟާން މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލް ކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް ވަނީ އީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ތައާރަފުކޮށްފަ އެވެ. އެހެންކަމުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް އީދު 20ޖީބީގެ އެފްބީބީ ޑޭޓާ ބޫސްޓަރު އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް އީދު ހަތް ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް އީދު 14 ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އީދު އޮފާގެ ގޮތުގައި ވިއްކާ މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެފްބީބީ ޑޭޓާ ބޫސްޓަރު މިމަސް ނިމެންދެން ބޭނުން ކުރެއްވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ކަސްޓަމަރުން މި ބަންޑަލްތައް މާދަމާއިން ފެށިގެން 15 މޭ އާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ފޮނުވައިގެން އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، މުޖުތަމައުއަށް އެހީތެރިވުމުގެގޮތުންނާއި ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން، މި އަހަރުގެ ރަމަޟާން މަހުގެ އޮފާއެކޭ އެއްފަދައިން ޢީދު ޑޭޓާ ބަންޑަލްސް ބައްލަވައިގަންނަވަން ކަސްޓަމަރުން ކުރައްވާ ހަރަދުގެ 10 ޕަސެންޓް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް. އަދި މި ދަތި ދުވަސްތަކުން ވީހާ ވެސް އަވަހާ އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރަމަށް. ދިރާގުން އެދެނީ އެންމެހާ ދިވެހިންނަށް އުފާވެރި ފިތުރު އީދު ދުވަހަކަށް،" ދިރާގުން ބުންޏެވެ.