މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން ޚާއްސަ ސޯޝަލް މީޑިއާ މުބާރާތެއް ތައާރަފުކޮށްފި އެވެ.

މި މުބާރާތުގައި ބައިވެރިވާން އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓާގައި #EidMomentsMv މި ހޭޝްޓެގް ބޭނުން ކޮށްގެން އީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯޝެއާކުރަން ޖެހެ އެވެ.

ދިރާގުން ބުނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ފަސް ނަސީބުވެރި ފަރާތެއް ހޮވަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތައް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދޭން ހަމަޖައްސާފައިއިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ހޮވޭ ހަތަރު ފަރާތަކަށް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލައެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މި މުބާރާތުގައި ބައިވެރި ވެވޭނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހު 23:59ގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް. އަދި މި ދަތި ދުވަސްތަކުން ވީހާ ވެސް އަވަހާ އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރަމަށެވެ. ދިރާގުން އެދެނީ އެންމެހާ ދިވެހިންނަށް އުފާވެރި ފިތުރު އީދު ދުވަހަކަށް،" ދިރާގުން ބުންޏެވެ.