ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން، އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ރީލޯޑް ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔަކަށް 15،000 ރުފިޔާ ލިބޭއިރު، މުޅި ޕްރޮމޯޝަންގެ ގްރޭންޑް ވިނާ ނުވަތަ ބޮޑު އިނާމުގެ ނަސީބުވެރިޔާއަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
އޮކްޓޫބަރު 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، ދިރާގު އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ އެވެ. އަދި ރީލޯޑް ކުރާ މިންވަރު އިތުރުވާ ވަރަކަށް، ގުރުއަތުން ހޮވުމުގެ ފުރުސަތުވެސް އިތުރުވާނެ އެވެ.
އެގޮތުން، ދިރާގު އެޕް މެދުވެރިކޮށް ކުރާ ކޮންމެ 100 ރުފިޔާގެ ރީލޯޑަކަށް ގުރުއަތުގައި ބައިވެރިވުމަށް އެއް ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން، 200 ރުފިޔާއަށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރުމަށް ދެ ފުރުސަތު އަދި 300 ރުފިޔާގެ ރީލޯޑަކަށް ތިން ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ އަދި ފައިދާހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

