Advertisement

މަންތާ އެއާއިން ދަތުރުތައް ފެށުމަށް ގެނައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ފައިޒާން މުހައްމަދު

މަންތާ އެއާއަށް އުދުހުމުގެ ހުއްދަ ދީފި

FacebookTwitterWhatsAppTelegramViber

އެތެރޭގެ އުދުހުމުގެ ހިދުމަތް ދިނުމުގެ ހުއްދަ މަންތާ އެއާއަށް ސިވިލްއޭވިއޭޝަން އޮތޯރިޓީން މިއަދު ދީފި އެވެ.

އެތެރޭގެ އުދުހުމުގެ ހިދުމަތް ދިނުމަށް މަންތާ އެއާއަށް ސިވިލްއޭވިއޭޝަނުން ހުއްދަ ދިނީ އެ ކުންފުނިން ބޯޓު ރާއްޖެ ގެނައިތާ ތިން މަސް ފަހުންނެވެ. އެ އެއާލައިނަށް ހުއްދަ ދިން އިރު ދަތުރުތައް ކުރަން އޭޓީއާރު 72- 600 މަރުކާގެ ދެ ބޯޓު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި އިތުރު ބޯޓެއް މިއަހަރުގެ ކުރީކޮޅު ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސިވިލްއޭވިއޭޝަނުން މަންތާއަށް އެއާ އޮޕަރޭޓާސް ސެޓްފިކެޓް (އޭއޯސީ) ދިނުމާއެކު މިއަދުން ފެށިގެން ޗާޓަރު ދަތުރުތައް ކުރެވޭނެ އެވެ. ނަމަވެސް ޓިކެޓް ވިއްކައިގެން ދަތުރުކުރެވޭނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ސިވިލް އޭވިއޭޝަނުން ބުންޏެވެ.
އެ އެއާލައިނަށް މިއަދު އޭއޯސީ ދިންއިރު އިއްޔެ ވަނީ މާލެ އިން ދ. ކުޑަހުވަދުއަށް އިންސްޕެކްޝަން ދަތުރެއްކޮށްފަ އެވެ.
މަންތާ އެއާގެ އިސް އޮފިޝަލަކު ވިދާޅުވީ އެ އެއާލައިނުން ދަތުރުކުރާ މަންޒިލްތަކުގެ އަގުތަކާއި ޓިކެޓް ވިއްކާނެ ތަންތަން އަންނަ އާދިއްތަ ދުވަހު އިއުލާންކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު 3:35 ން ފެށިގެން އޮޕަރޭޓްކުރަން ފަށާނަން. އެއީ ބައެއް ޗާޓަރު ދަތުރުތައް ހުރުމުމުން. އެކަމަކު އާއްމުންނަށް ޓިކެޓް ވިއްކައިގެން ފުލް އޮޕަރޭޝަން ފެށޭނީ އާދީއްތަ ދުވަހު. ހިދުމަތް ފަށައިގަންނައިރު ކުޑަހުވަދުއަށް ދުވާލަކު ހަތަރު ޝެޑިއުލް ފްލައިޓް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ސިވިލް އޭވިއޭޝަނާއި އެއާޕޯޓްސް ކޮމްޕެނީން ދިން އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެ އެއާލައިނުން ވަނީ ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް ދޭން ނިންމައިފަ އެވެ. އެގޮތުން އެ ހިދުމަތަށް ދީފައިވާ ނަމަކީ "ސެފަޔާ" ކްލާސް އާއި "ކޮމްފޯޓް" ކްލާހެވެ. އެގޮތުން ކޮމްފޯޓު ކްލާހުގައި 48 ގޮނޑި އަދި ސެފަޔާ (ބިޒްނަސް) ކްލާހުގައި 16 ގޮނޑި ހުރެ އެވެ.

މަންތާ އެއާގައި ބޭނުންކުރާ ދެ ކްލާހުގެ ތެރެއިން ކުޑަހުވަދުއަށް ކުރާ ދަތުރުތަކުގައި ނޯމަލް (ކޮމްފޯޓް) ކްލާހުގެ އެއްކޮޅު ޓިކެޓެއްގެ އަގު ބޮޑު މީހަކަށް އުޅެނީ 749ރ. އަށެވެ. އަދި ކުޑަ ކުއްޖަކަށް ނަމަ 499ރ. އެވެ.

މަންތާ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ އުދުހުންތައް ފަށާނީ ދ. ކުޑަހުވަދު އަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށް ވެސް ދަތުރުތައް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top