ދިރާގުން "މަމެން" ޑޭޓާ އެޑް އޯންސްތަކުން އަނެއްކާ ވެސް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް މަމެންގެ ބައެއް ޑޭޓާ އެޑް އޮންތަކުން ޖޫން 30ގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

ދިރާގުން ބުނީ ޑޭޓާ އެޑް-އޯންސް ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޯންސްތައް ބަލާލެވޭނެ ކަމަށެވެ. އެގޮތުން މަމެން ދެ ޖީބީ، ތިން ޖީބީ، ހަ ޖީބީ އަދި 12 ޖީބީގެ އެޑް އޯންސްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާރުބީ" އިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި ޕެކޭޖްގަތުމާއެކު "އާރުބީ"ގެ ބެލެންސުން ކެނޑިގެން ދާނެ އެވެ. އަދި ހުރިހާ ކަސްޓަމަރުން ވެސް އެޑްއޯންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައި އެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން ބަލާލެވޭނެ އެވެ.

ދިރާގު މަމެންއަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެ މީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަން ހޯދައިފައިވާ އެޕެއްކަން ވެސް ދިރާގުން ފާހަގަކުރެ އެވެ.