މާލެ ސަރަހައްދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ދެމުން އަންނަ ބަހުގެ ހިދުމަތްތައް މަދުކަނޑާލުމަށް ނިންމައިފި އެވެ.

އެމްޕީއެލްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް އެމްޕީއެލުން ދެމުން ގެންދާ ބަހުގެ ހިދުމަތްތައް މާދަމާއިން ފެށިގެން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން ކަމަށްވެސް އެމްޕީއެލްއިން ބުނެ އެވެ.

ބަހުގެ ހިދުމަތްތައް މެދުކަނޑާލާފައި ވީ ނަމަވެސް، ހާއްސަ ހުއްދަ އޮންނަ ފަރާތްތަކަށް ދަތުރު ކުރެވޭނެ ގަޑިތައް އެ ކުންފުނިން ވަނީ އާންމުކޮށްފަ އެވެ.

އެމްޕީއެލުން މި ފިޔަވަޅު އަޅާފައި ވާއިރު، ގްރޭޓާ މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ވަނީ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު އިއުލާން ކޮށްފަ އެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ހުއްދައާއެކު ކޮންމެ ގޭބިސީއަކުން ދެ މީހަކަށެވެ.