ހަލުވިކަމާއެކު މިހާރު ރާއްޖޭގައި ފެތުރޭ ކޮވިޑް 19ގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައާރަފްކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުންނަށްޓަކައި މިހާލަތުގައި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފިޔަވަޅުތައް އަޅައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރިލީފް ލޯންގެ ގޮތުގައި ސޮފްޓް ލޯންތަކެއް ދޫކުރަން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ސޮފްޓް ލޯން ދިނުމަށް ހަމަޖައްސާފައިވަނީ ކެފޭ، ރެސްޓްރޯނަންޓް، ވޯކްޝޮޕް، ސެލޫން ޖިމް ކަހަލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

ސޮފްޓް ލޯން ދިނުމަށްޓަކައި 375 މިލިއަން ރުފިޔާ ނުވަތަ 20 މިލިއަން ޔޫރޯގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައްޔާރުކުރަމުންދާއިރު ކުރިއަށް އޮތް ޖޫން މަހު ލޯންތައް ދޫކުރަން ފެށޭވަރުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.