އަހަރުގެ ފުރަތަމަ ތިން މަސް ނުވަތަ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޖުމްލަ ރިޒާވަށް 14 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކު ނޫނީ އެމްއެމްއޭ އިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ބްލެޓިންގައިވާ ގޮތުން ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި ކްއާޓަރުގައި ރާއްޖޭގެ ރިޒާވްގައި ހުރީ 741.4 މިލިއަން ޑޮލަރު އެވެ. މިއީ 14 ޕަސެންޓުގެ އިތުރު ވުމެކެވެ.

މިދޔަ އެޕްރީލް މަހު ކްއާޓާގައި ރާއްޖޭގެ ރިޒާވް އިތުރުވި ނަމަވެސް ހަތަރު ވަނަ ކްއާޓަރާ އަޅާބަލާއިރު 14 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރާ ހަމައަށް ރާއްޖޭގެ ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެވެ. މި މުއްދަތާ އަޅާ ބަލާއިރު ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގައި އިންޑިއާގެ ސެންޓްރަލް ބޭންކް މެދުވެރިކޮށް ރާއްޖެއަށް ކުރި 400 މިލިއަން ޑޮލަރުގެ ޑޮލަރުގެ ސްވޮޕްގެ ފައިސާ އިންޑިއާއިން ނެގި ލޯނެއް ދައްކަން ފަަށާފައި ވުމެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 173 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ އެއް މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ އެވެ.