ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފަރ ތަކެއް ދިރާގު ކަސްޓަމަރުންނަށް ހަމަޖައްސައިފި އެވެ.

ދިރާގުން މިއަދު ބުނީ ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ ގިނަ ފަރާތްތަކަކުން ގޭގައި ގިނަ ތިބެން ޖެހިފައިވާ ދުވަސްވަރެއްގައި އެކުންފުނިން ކަސްޓަމަރުންނަށް އިތުރު ހިލޭ ޑޭޓާ އާއި ޑޭޓާގެ އޮފަރ ތަކެއް އެކުންފުނީގެ ކަސްޓަމަރުން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖްތަކަށް ލިބިގެންދާ ޑޭޓާގެ އިތުރަށް އެއްވެސް ހަރަދަކައިނުލާ ހިލޭ ޑޭޓާ މި ޖޫންމަހަށް ކަސްޓަމަރުންނަށް ދީފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް 30 ޕަސެންޓް ހިލޭ އިތުރު ޑޭޓާ ދީފައިވާއިރު، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓާއި 200 ޕަސެންޓާ ދެމެދުގެ ހިލޭ ޑޭޓާ ދީފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ދީފައިވާއިރު، ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ވަނީ މި ޖޫންމަހަށް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.

މިދުވަސްވަރަކީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއްކަމުން އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތޮން 27 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ނަންގަވާ ބޫސްޓާ ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސްވަނީ އިތުރު ހިލޭ ޑޭޓާ ދޭން ފަށާފަ އެވެ.

ބޫސްޓަރު، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ލިބޭ އިތުރު ހިލޭ ޑޭޓާ

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރއަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ އެވެ.
  • މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަ އަކުންވެސް ދެގުނަ އިތުރު ޑޭޓާ ލިބިގެންދާނެ އެވެ.
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 އިންސައްތަ އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެންދާއިރު 200 އިންސައްތަ ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރަށްވާ ދުވަހުން ފެށިިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ އެވެ.
  • ދިރާގު ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާ އެކްޓިވޭޓް ކޮށްގެން 100 އިންސައްތަ އިތުރު އެލަވަންސް ލިބޭނެ އެވެ.
  • ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރުތަކުން 100 އިންސައްތަ އިތުރު އެލަވަންސް ލިބޭނެ އެވެ.
  • ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރަށްވާ ޕެކޭޖްތަކުން 30 އިންސައްތަ އިތުރު ހިލޭ ޑޭޓާ އަލަވަންސް ލިބިގެންދާނެ އެވެ.
  • ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓްކުރަށްވާ ޑޭޓާ އެޑް-އޮން ތަކުން 30 އިންސައްތަ ހިލޭ އުތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ އެވެ.
  • މީގެ އިތުރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން 30 ޖޫން 2021 ގެ ކުރިން އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮންތަކަށް 50 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ދިރާގުން ބުނީ އުންމީދުކުރަނީ، މި ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.