ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި ސަނާ މަންސޫރު، މއ. މަނަސް ހަމަޖައްސައިފި އެވެ.

މި މަގާމް ކަނޑައެޅީ 2019 ވަނަ އަހަރުގެ އަހަރީ ޖަލްސާއަށް ފަހު މިއަދު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައި އަހަރީ އާންމު ޖަލްސާގައި ބޯޑަށް އައްޔަން ކުރެވުނު ޑިރެކްޓަރުންނަކީ:

ސަނާ މަންސޫރު، މއ. މަނަސް، މާލެ، ޓިމޮތީ ސޯޔަ (ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު) އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ، މާލެ، ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ، ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ، ހުސައިން ތައުފީގް އަލީ، މ. މުއިރި، މާލެ، އަބްދުﷲ ހަސަން، ނަސީމާމަންޒިލް، ރ. އަލިފުށި އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރެއްވި 3 ޑިރެކްޓަރުންނަކީ:

މުހައްމަދު އަބްދުއްސައްތާރު، މއ. ޓިއުލިޕްވިލާ، މާލެ، އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ، އަހްމަދު މުހައްމަދު، ގ. އުފާ، މާލެ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވާފައިވަނީ އޮންލައިންކޮށެވެ.