ނ. ހެނބަދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

ހެނބަދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ މަސައްކަތްކުރާ އެމްޑަބްލިޔުއެސްސީން ބުނީ މިހާރު ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި ފެނުގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރުން. ފޮޓޯ:އެމްޑަބްލިޔުއެސްސީ

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރަން ތިން ތާންގީ ބެހެއްޓުން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެއާއެކު، ފެން ތަހުލީލުކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރުން. ފޮޓޯ:އެމްޑަބްލިޔުއެސްސީ

ނެޝަނަލް ޕްލޭނިން މިނިސްޓްރީން 41.3 މިލިއަން ރުފިޔާއަށް ހަވާލުކުރި މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.