ރާއްޖެއަށް "ގްރީން ކޮންކްރީޓް" ތައާރަފްކުރަން ނިންމާފއިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ ސާމާނު ސަޕްލައިކުރާ އެސްޓީއޯ ކޮންސްޓްރަކްޝަނުން ބުނީއަލަށް ތައާރަފް ކުރުމަށް ނިންމާފައިވާ ކޮންކްރީޓަކީ ތިމާވެއްޓާއި ރަހުމަތްތެރި، ޖައްވަށް ބޭރުކުރާ ކާބަންޑައި އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް ކަމަށެވެ.

އެސްޓީއޯ ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ބާޒާރަށް މިކޮންކްރީޓް ނެރޭއިރު، މި ކޮންކްރީޓް ސަޕްލައި ކުރާނީ އެސްޓީއޯ ރެޑީމިކްސް ކޮންކްރީޓް ސަޕްލައިކުރާ ވެހިކަލްތައް ބޭނުންކޮށްގެން ކަމަށެވެ.

"ކޮންވެންޝަނަލް ކޮންކްރީޓް" ނުވަތަ އާއްމުކޮށް އުފައްދާ ކޮންކްރީޓްތަކާއި ހިލާފަށް ގްރީން ކޮންކްރީޓަކީ ގުދުރަތީ ބާވަތްތައް މަދުން ބޭނުންކޮށް، ރިސައިކަލް މާއްދާތައް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެއް ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

އެސްޓީއޯއިން މިހާރުވެސް އަންނަނީ ތިމާވެއްޓާއި ރަހުމަތްތެރި އިމާރާތްކުރުމުގެ ސާމާނު ވިއްކަމުންނެވެ. އެގޮތުން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން މާކެޓަށް ނެރުނު، މިހާރު ގިނަ ކޮންޓްރެކްޓަކުންގެ މެދުގައި މަގްބޫލުވެފައިވާ "ރެނާކޮން" ގަލެވެ. މޫދުން ވެލިނަގައިގެން ރާއްޖޭގައި އުފައްދާ ގައު ތަކާ ހިލާފަށް، ރެނަކޮން ގަލަކީ ރިސައިކަލް އާލާތްތައް ބޭނުންކޮށްގެން އުފައްދާފައިވާ "އީކޯ ފްރެންޑްލީ" ދަރަޖަ ލިބިފައިވާ ގަލެކެވެ.