Advertisement

މަންތާ އެއާއިން ގެނައި ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. އެ ކުންފުނީގެ ތިންވަނަ ބޯޓަކީ ވެސް މުޅިން އާ ބޯޓެއް. ފޮޓޯ: މަންތާ އެއާ

މަންޓާ އެއާގެ ތިންވަނަ ބޯޓު އާދީއްތަ ދުވަހު ރާއްޖެ އަންނަނީ

FacebookTwitterWhatsAppTelegramViber

އެތެރޭގެ އުދުހުމުގެ ހިދުމަތް އަލަށް ދޭން ފެށި މަންޓާ އެއާގެ ތިންވަނަ ބޯޓު އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މަންޓާ އެއާގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ގެންނަ ބޯޓު މިހާރު ޑެންމާކްގެ ބިލަންޑުން ފުރައިގެން ރާއްޖެ އައުމަށް ދަތުރު ފަށާފައިވާ ކަމަށެވެ. އެ ބޯޓު ރާއްޖެ އައުމުގެ ކުރިން ތިން ތަނެއްގައި ތެޔޮ އަޅަން މަޑުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޯޓު ރާއްޖެ އަންނާނެ ކަމަށް ލަފާކުރަނީ އަންނަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި. އެންމެ ފަހު މަންޒިލަކަށް މަޑުކުރާނީ އޮމާންގެ މަސްކަޓްގައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

މަންޓާ އިން އަލަށް ގެންނަނީ މުޅިން އާ އޭޓީއާރުގެ އެންމެ ފަހުގެ ސީރީޒް 72- 600 މަރުކާގެ ބޯޓެކެވެ.

އެ ކުންފުނިން މިދިޔަ މަހުގެ 24 ވަނަ ދުވަހު ދަތުރުތައް ރަސްމީކޮށް ފެށިއިރު ވަނީ އޭޓީއާރު 72- 600 މަރުކާގެ 64 ގޮނޑީގެ މުޅިން އާ ދެ ބޯޓު ގެނެސްފަ އެވެ.

މަންޓާ އިން ވަނީ ވަނީ ކުރިން ބުކް މީހުންނަށް އަގުހެޔޮކޮށް ޓިކެޓް ވިއްކުމަށް އަންނަ މެއި 31ގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އަދި މަންޓާ އިން ދަތުރުކުރަން ބޭނުންވާ މީހުންނަށް ޕީއެސްއޭ މެދުވެރިކޮށް އަދި އެއާލައިންގެ ވެބްސައިޓް މަންޓާ އެއާ ޑޮޓްއެމްވީ އިން ވެސް ޓިކެޓް ގަނެވޭނެ އެވެ.

މަންޓާ އިން މިވަގުތު ދަތުރުކުރަނީ ހަމައެކަނި ދ. ކުޑަހުވަދޫ އަށެވެ.

މަންޓާ އެއާގައި ބޭނުންކުރާ ދެ ކްލާހުގެ ތެރެއިން ކުޑަހުވަދުއަށް ކުރާ ދަތުރުތަކުގައި ނޯމަލް (ކޮމްފޯޓް) ކްލާހުގެ އެއްކޮޅު ޓިކެޓެއްގެ އަގު ބޮޑު މީހަކަށް އުޅެނީ 749ރ. އަށެވެ. އަދި ކުޑަ ކުއްޖަކަށް ނަމަ 499ރ. އެވެ.

އެ އެއާލައިނުން ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް ދެ އެވެ. އެގޮތުން، އެ ޚިދުމަތަށް ނަން ދީފައި ވަނީ "ސެފަޔާ" ކްލާސް އާއި "ކޮމްފޯޓް" ކްލާހުގެ ނަމުންނެވެ. އެގޮތުން ކޮމްފޯޓު ކްލާހުގައި 48 ގޮނޑި އަދި ސެފަޔާ (ބިޒްނަސް) ކްލާހުގައި 16 ގޮނޑި ހުރެ އެވެ.

މަންޓާ އެއާ 2016 ވަނަ އަހަރު އުފެދުނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރުމަނިކުގެ ދަރިކަލުން އުމަރު މުހައްމަދު މަނިކު އާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޑީޕް ބްޕޫ ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top