Advertisement

މަންޓާއިން އަލަށް ގެނައި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: މަންޓާ އެއާ

މަންޓާ އެއާ ހިދުމަތް ފުޅާކުރަން ތިންވަނަ ބޯޓު ގެނެސްފި

FacebookTwitterWhatsAppTelegramViber

އެތެރޭގެ އުދުހުމުގެ ހިދުމަތް އެންމެ ފަހުން ދޭން ފެށި މަންޓާ އެއާގެ ހިދުމަތް އިތުރަށް ފުޅާކުރަން ތިންވަނަ ބޯޓެއް މިއަދު ރާއްޖެ ގެނެސްފި އެވެ.

މަންޓާއިން މިފަހަރު ވެސް ގެނައީ އާ އޭޓީއާރުގެ އެންމެ ފަހުގެ ސީރީޒް 72- 600 މަރުކާގެ64 ގޮނޑީގެ ބޯޓެކެވެ. އެ ބޯޓު މާލެ އާއި ޑެންމާކްގެ ބިލަންޑުން ފުރައިގެން ތިން ތަނެއްގައި ތެޔޮ އަޅަން މަޑުކުރުމަށްފަހު މިއަދު ހަވީރު އެވެ.

މީގެ ތިން ހަފުތާކުރިން ހިދުމަތް ދޭން ފެށި އެއާލައިނުން ބުނީ އަލަށް ގެނައި ބޯޓުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އަލަށް ގެނައި ބޯޓާއެކު ބ. ދަރަވަންދުއަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ އެއާލައިނުން މިހާރު ވެސް ދ. ކުޑަހުވަދުއަށް ދުވާލަކު ހަތަރު ދަތުރުކުރެ އެވެ.

މަންޓާ އެއާ އިން އަލަށް ތަމްރީނުކުރާ ފަސް ޕައިލެޓުން މިއަދު ގެނައި ބޯޓު ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: މަންޓާ އެއާ

މަންޓާ އިން ވަނީ ދިވެހި ފަސް ސީޕްލޭން ޕައިލެޓުން އޭޓީއާރު 72-600 މަރުކާގެ ބޯޓުތައް ދުއްވަން ތަމްރީނުކުރަން ނިންމައިފަ އެވެ. އެ ޕައިލެޓުން ތަމްރީނުތައް ހަދާނީ ތައިލެންޑްގައި ހުންނަ އޭޝިއަން އޭވިއޭޝަން ޓްރެއިނިން ސެންޓަރުގަ އެވެ. މި ޕައިލެޓުން ތަމްރީނު ހެދުމަށް އަންނަ މަހުގެ އެއްވަނަ ދުވަހު ފުރާނެ އެވެ.

މަންޓާ އިން ބުނީ އެ އެއާލައިނުގެ ދަތުރުތައް ފެށުމާއެކު ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top