އައްޑުއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް މޯލްޑިވިއަނުން ފަށައިިފި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދު އަތޮޅު އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ވަނީ މިކަމާއި ގުޅޭ އެއްބަސްވުމުގައި އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

އައްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. އަދި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު އެވެ.

ގަމުގައި މިއަދު ބޭއްވުުނު މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާޢީލް އާއި ޓޫރިޒަމް މިނިސްޓާ ޑރ. އަބުދުﷲ މައުސޫމްގެ އިތުރުން އައްޑު އާއި ހުވަދު އަތޮޅުގެ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ހުވަދު އަތޮޅުގެ އިތުރުން އައްޑުއާއި ފުވައްމުލަކާއި ދެމެދު ކޮންމެ ދުވަހަަކު ސީޕްލޭން ދަތުރު ބޭއްވުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިކަމުގެ ސަބަނުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ދަތުރު ކުރުމަށް މަގުފަހިވެ މި ދެ އަތޮޅުގެ އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ވަގުތު އައްޑޫ ގައި ހިންގާ ދެ ރިސޯޓް ވެސް އޮތީ ފައިދާ އެއް ނެތި ގެއްލުމުގައި ހިންގާތީ ހުއްޓާލާފަ އެވެ.