ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހަތަރު ރަށަކަށް އެމްޑަބްލިޔުއެސްސީން ފޮނުވައިފި އެވެ.

ފެނާއި ނަރުދާމާގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން މިއަދު ބުނީ ހދ.ކުމުންދޫ ، ހދ. ހިރަމަރަދޫ، ނ. ފޮއްދޫ އަދި ޅ. އޮޅުވެލިފުށިގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު އެ ރަށްތަކަށް ގެންގޮސްފައިވާ ކަމަށެވެ. މިހަތަރު ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޑަބްލިޔުއެސްސީއިނެވެ.

https://twitter.com/MWSC_Official/status/1403616747282857985

ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ސާމަނު އެ ރަށްތަކަށް ގެންގޮސްފައިވާއިރު، އެ ރަށްރަށުގައި ވަރަށް އަވަހަށް އަމަލީ މަަސައްކަތް ވެސް ފެށޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެ ހަތަރު ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މީގެ ކުރިން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެ ކުންފުނިން ސަރުކާރުން ހަވާލުކުރާ ކޮންމެ މަޝްރޫއެއް ވެސް އެންމެ ފުރިހަމައަށް ނިންމުމަށް މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި 31 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.