ނ. ލަންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 50 ޕަސެންޓަށް ވުރެ ބޮޑުބައި ނިމިއްޖެ އެވެ.

ލަންދޫ ބަނދަރު ހެދުމުގެ މަސައްކަތްކުރާ އެމްޓީސީސީން ބުނީ ބަނދަރުގެ މަސައްކަތުގެ އިތުރުން އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 401 މީޓަރު ބޭރު ތޮށި ހެދުމާއި، 256 މީޓަރު އެއްގަމު ތޮށި ހެދުމާއި، 13 މޫރިން ބުލޮކްލުމާއި، 13 ބަނދަރު ބައްތި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ދެ ނެރުބައްތި ހަރުކުރުމާއި، 1،280 ސްކެއާ މީޓަރު ޕޭވްމަންޓެއް ހެދުމާއި، 23،000 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، 2،000 ކިއުބިކް މީޓަރު ނެރު ފުން ކުރުމާއި، 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި 65 މީޓަރުގެ ގުރޯއިން ޖެހުން ވެސް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ލަންދޫ ބަނަދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރު އެވެ. މި މަޝްރޫއަށް ޖުމްލަ 35 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.