ދ. މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީއިން ބުނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދިމި މަޝްރޫއުގެ ދަށުން، 373 މީޓަރުގެ ބޭރުތޮށި ލުމާ، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާ، 294 މީޓަރުގެ އެއްގަމުތޮށި ލުމާ، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން 1,470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މިމަޝްރޫގެ ދަށުން ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 408 ދުވަހުގެ ތެރޭގަ އެވެ.