މިފްކޯ އިން ވިއްކާ މަސްދަޅުގެ އަގު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކުރިން ރީޓޭލްކޮށް 575ރ. އަށް ވިއްކި 180 ގްރާމްގެ ތެޔޮ މަސްކޭހެއް 600ރ. އަށް އަދި ރީޓޭލްކޮށް 530ރ. އަށް ވިއްކި ފެން މަސް ކޭހެއްގެ އަގު 555ރ. އަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.

އެ ކުންފުނިން ހޯސޭލްކޮށް ވިއްކާ ތެޔޮ މަސްކޭހެއް 585ރ. ވިއްކާއިރު، ފެން މަސް ކޭހެއް ހޯސޭލްކޮށް ވިއްކަން ހަމަޖެހިފައި ވަނީ 540ރ. އަށެވެ.

މިފްކޯ އިން މިހާރު ހޯސޭލްކޮށް ތެޔޮ މަސް ކޭހެއް ވިއްކަނީ 560ރ. އަށެވެ. އަދި ފެން މަސް ކޭހެއް ހޯސޭލްކޮށް ވިއްކަނީ 530ރ. އަށެވެ.

މިކަމާ ބެހޭ ގޮތުން މިފްކޯގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.