އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާ ގުޅިގެން ފަށާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯސްތަކަށް މޯލްޑިވްސް ކޮލިފިކޭޝްން އޮތޯރިޓީގެ އެޕްރޫވަލް ހޯދުމަށް ފޮނުވައިފި އެވެ.

އެސްޓީއޯ އިން ބުނީ "ޑިޕްލޮމާ އިން ރޭޑިއޮގްރަފީ" ކޯސްތަކުގެ އެޕްރޯވަލް ހޯދުމަށް މޯލްޑިވްސް އެލައިޑް ކައުންސިލާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ކޯސްތަކަކީ އެކުންފުނީހެ ޓްރެއިނިން އިންސްޓިޓިއުޓުން ކުރިއަށްދާ ކޯސްތަކެއް ކަމަށްވެސް އެކުންފުނިން ހާމަކުރެ އެވެ. އެސްޓީއޯގެ ޓްރެއިނިން އިންސްޓިޓިއުޓް އަކީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އިންސްޓިޓިއުޓް ހިންގުމުގެ ހުއްދަ ލިބިފައިވާ އަދި އެ މިނިސްޓްރީގައި ރަޖިސްޓާ ކޮށްފައިވާ ތަނެއް ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

މި ކޯސް ރާއްޖޭގައި ހިންގަން މަސައްކަތް ކުރާ މީ ފުރަތަމަ ފަހަރެވެ. މި ކޯހަކީ ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގައި މަސައްކަތް ކުރާ ރޭޑިއޮގްރަފަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް އިފްތިތާހް ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު އެވެ.

އެ ރަސްމިއްޔާތުގައި މައުލޫމާތު ދީފައިވާ ގޮތުގައި ރޭޑިއޯލޮޖީ ދާއިރާއަށް ދިވެހިން ތަމްރީން ކުރަން ކުރިއަށް ގެންދާ ކޯސްތަކުގެ ފުރަތަމަ ބެޗްގައި 20 ކުދިންނަށް ޖާގަ ލިބިގެންދާއިރު މި ކޯހުގެ ފީ އެސްޓޯއީގެ އިޖުތިމާއި ޒިންމާގެ ދަށުން ދައްކައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެސްޓީއޯއިން ބުނިގޮތުގައި މި ކޯހަކީ ރާއްޖޭގައި ދިވެހި ރޭޑިއޮލޮޖިސްޓުން އިތުރު ކުރުމަށް ފަށާ ކޯހެކެވެ.

ރާއްޖޭގައި މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް މަދުކަން ފާހަގަ ކުރެވިފައިވާއިރު ސަރުކާރުން އަންނަނީ މިދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިވަގުތު މިދާރާގައި މަސައްކަތް ކުރަނީ އެންމެ ތިން ދިވެހިކަން ފާހަގަ ކޮށްލެވެއެވެ.