ދިރާގުން ޕްރިޕެއިޑް ކޮމްބޯ އެކްޓިވޭޓްކުރުމުން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ ޔޫރޯ 2020 މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންއެއް އެކްޓިވޭޓްކޮށްގެން 50 ޕަސެންޓް އިތުރު ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބޭއިރު، ޕޯޗުގަލް އާއި ޖާމަނީ މިރޭ ވާދަކުރާ ފޯރިގަދަ މެޗު ބަލާލުމަށް މިއީ ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްގެން ބެލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށްފަހު "ސްޓްރީމިން ޕާކް" ހިޔާރުކޮށްގެން އެއް ޖީބީ ހިލޭ ޑޭޓާ، ސްޓްރީމް ކުރަން ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގު ޕްލޭ އެޕުން މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބެލޭނެ ކަމަށްވެސް އެކުންފުނިން ހާކުރެ އެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ، އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި މީގެ އިތުރުން، އިތުރު ހިލޭ "ޕާކްސް" ވެސް ލިބޭނެ އެވެ. މި ހިލޭ ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް ގަންނާކަށް ނުޖެހޭނެ އެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލެވޭނެ އެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250ރ. އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވާނެ އެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށާއި އަބަދު ވެސް މަސައްކަތް ކުރަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަގުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.