ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރެސްޓޯރެންޓު ޖަމިއްޔާ އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އާ ބައްދަލުކުރައްވައިފ އެވެ.

ވަކިވަކި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރެސްޓޯރެންޓު ދާއިރާ އާއި ގެސްޓްހައުސް ދާއިރާގައި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ދެ ދާއިރާއަށް މިހާރު ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރެވިގެންދާނެ ކަންކަމާ ބެހޭ ގޮތުން ދެ ޖަމިއްޔާގެ ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވި ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މަބްރޫކު ވިދާޅުވީ މިބައްދަލުވުމުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއި، ކޮވިޑް-19ގެ ހާލަތުގައި އެ ސިނާއަތަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރެއްވި ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތާ އެކު ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަތަކާއި، އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ސޯލިހް ވަނީ ސެލޫންތަކުގެ ވެރިންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އެކިއެކި ދާއިރާތަކުން އަންނަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންނެވެ. އެގޮތުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ބަޖެޓް ބޮޑު އަދަދު ދަރަނިވެރިވެފައިވާ ކަމަށެވެ.

މިފިޔަވަޅުތަކާ ގުޅިގެން ސެލޫންތައް ބަންދުކޮށްފައިވާއިރު އެފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ވަނީ މާލީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ.