އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ކޮންސްޓްރަކްޝަން ސާމާނު ވިއްކަން އެޖެންޓަކަށްވުމުގެ ފުރުސަތު 22 ފަރާތަކަށް ދީފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ އެޖެންޓަކަށް ވުމަށް މިދިޔަ މާޗް މަހު ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ ރަނގަޅު 22 ފަރާތްތަކަށް އެޖެންޓްކަށް ދީފައިވާ ކަމަށެވެ.

އެސްޓީއޯއިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައި ވީނަމަވެސް، އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކަށް ބަދަލު ގެނަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން އެކުންފުނިން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭ ކަމަށާއި އަދި ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށާއި އެ ކުންފުނީގެ ވެބްސައިޓް ފޯމް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީ ވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުން ފާހަގަކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.