ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ އެ ރަށު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ކަނެކްޓިން ބްރިޖުގައި ސަބް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 18،500 ކިއުބިކް މީޓަރުގެ އާ ހާބަ ބޭސިން ފުން ކުރުމާއި 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުން ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނޭ ކަމަށްވެސް އެކުންފުނިން ބުންޏެވެ. މިގޮތުން މިހާރު 89 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ އަގަކީ 45.1 މިލިއަން ރުފިޔާ އެވެ.