އިންޓަނެޓަށް ސަރުކާރުން ގެނައި ބަދަލާއެއްގޮތަށް ދިރާގުން ބައެއް ހޯމް ފައިބަ އިންޓަނެޓް ޕެކޭޖްތައް އަގު ހެޔޮކޮށްފި އެވެ.

ސަރުކާރުން ހޯމް އިންޓަނެޓްގެ އަގު ހެޔޮކުރަން އިސްނަންގަވާ އެކަން ތަންފީޒުކުރައްވާފައިވާތީ، މިކަމަށް އެއްބާރުލުންދީ، ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބާ ބްރޯޑްބޭންޑް ބައެއް ޕްކޭޖްތައް އަގުތައް ހެޔޮކޮށްފި އެވެ.

ދިރާގުން ބުނީ މޭ 27 ގައި ސަރުކާރުން އިއުލާޏު ކުރެއްވި ތިން ޕެކޭޖް ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން، އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ "ސްޕީޑް އަފްޓަ އެލަވަންސް" 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖްގައި 2 އެމްބީޕީއެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި 5 އެމްބީޕީއެސްއަށް އިތުރު ކޮށްފައިވާ ކަމަށެވެ. މިއާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތާއެކު، ހޯމް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ހެޔޮ ބަދަލު އަންނަ މަހުން ފެށިގެން ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ދިރާގުން އިތުރަށް ބުނީ މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެ ކަމަށެވެ. އެގޮތުން، މިހާރު ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބޭނެ ކަމަށެވެ. އެހެން ކަމުން، ޑޭޓާގެ އަގުތައް މިހާރު ވަނީ 50 ޕަސެންޓާ ހަމައަށް ހެޔޮވެފައި އެވެ.

ހޯމް ފައިބަރ އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް ޖުލައި މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ. އަދި ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެނިވަޑައިގަންނަވާނެއެވެ. ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެއެވެ. އެހެންކަމުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކަރ" އިން ބައްލަވާލެވޭނެ ކަމަށްވެސް ދިރާގުން ހާމަކުރެ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައި އެވެ. ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.