ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީ އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރެއްގެ އަތުން ޓެކްހާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ.

މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ނިންމައި އެކުލަވާލި ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ވަނީ ބަހުސްތައް ކުރިއަށް ގެންގޮސްފަ އެވެ. ކޮމިޓީީން ނިންމި ގޮތަށް ބިލް ފާސްކުރަން މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 43 މެމްބަރަކު ވޯޓުދެއްވި އެވެ. އަދި ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު އައީ ނަގަމުން ނެވެ. ނަމަވެސް އެއާޕޯޓް ސާވިސް ޗާޖު ނެގުން ނިމުމަކަށް ގެނެސް އޭގެ ބަދަލުގައި ޑިޕާޗާ ޓެކުހެއް ނަގަން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މީގެ ކުރިން އޮތީ އޭޕްރީލް 1، 2020 އިން ފެށިގެން އެ ޓެކްސް ނަގާށެވެ. ނަަމަވެސް ސަރުކާރުން ބިލު ހުށަހެޅި އިރު އެ ޓެކްސް ނަގަން ކަނޑައެޅި މުއްދަތު ފާއިތުވެފައިވުމާއެކު ފިނޭންސުން އެދުނު ގޮތަށް އަންނަ އަހަރުން ފެށިގެން އެ ޓެކްސް ނަގަން މިއަދު ވަނީ ފާސް ކޮށްފަ އެވެ.

އަލަށް ގެނައި އިސްލާހުގެ ދަށުން އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން ދެން ވެސް ނަގާނީ 12 ޑޮލަރެވެ. ނަމަވެސް އެ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ދެން ނާގާނީ 30 ޑޮލަރެވެ.

ބޭރަށް ދަތުރުކުރާ ނަމަ ނަގާނެ އިތުރު ޓެކްސްތައްބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރުޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރުމި ޑިޕާޗާ ޓެކްސް ނަގަން ނިންމި ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން ދެ އަހަރު ނުވާ ކުޑަކުދިންގެ އަތުން އެ ޓެކްސް ނުނަގާނެ އެވެ.