ނެޝަނަލް ޖިއޮގްރަފިކް ޓްރެވަލާ އިންޑިއާއާއި ސެމްސަންގް އިންޑިއާ ގުޅިގެން ފުވައްމުލަކުގެ ކަނޑު އަޑީގެ ސާފު ހިތްގައިމު މަންޒަރުތައް އާއްމުންނާ ހަމައަށް ގެނެސްދީފި އެވެ.

ކަނޑުއަޑީގެ ދިރުންތައް ދިރާސާކުރާ މާހިރެއް ފީނުމުގެ ތެރޭގައި ފެންނަ އަޖާއިބު ކުރުވަނިވި މަންޒަރުތައް އޭނާ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވަނީ ސެމްސަންގް ގެލެކްސީ އެސް 21 އަލްޓްރާއެއް ބޭނުން ކޮށްގެންނެވެ.

ފެންވަރު ރަނގަޅު ވީޑިއޯގްރަފީ ކޮލިޓީ އާއި 33 މެގަޕިކްސަލްގެ ކެމެރާ އާއެކު ގެލެކްސީ އެސް 21 އަލްޓްރާ މެދުވެރިކޮށް ކަނޑުއަޑީގެ މަންޒަރުތައް ނެގުމަށްޓަކައި ފީނުންތެރިޔާ އޭނާގެ އެންމެ ފުރަތަމަ ފީނާފައި ވަނީ ފުވައްމުލަކު ބޭރު ކަނޑަށެވެ. އޭނާ ވަނީ އެތަނުގައި އުޅޭ އެކި ވައްތަރުގެ މަސްމަހާ މެއްސާއި ޓައިގާ ޝާކް (ފެމުނު މިޔަރު) ތަކުގެ ހިތްގައިމުކަން ދައްކާލައިފަ އެވެ.

https://www.youtube.com/watch?v=rIhK1hY1--Q

އެ ވީޑިއޯގައި އެ ރަށަކީ ފެމުނު މިޔަރަށް ހާއްސަ ރަށެއްކަން ފާހަގަކޮށް، އެ ރަށް ވަރަށް ބޮޑަށް ޕްރޮމޯޓްކޮށްފައިވެ އެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ޕްރޮމޯޓްކުރަން ނެގި އެ ވީޑިއޯގައި ފުވައްމުލަކު ކަނޑު އަޑީގެ މަންޒަރުތަކުގެ އިތުރުން އެ ރަށުގެ ގިރާ ސަރަހައްދާއި ތުނޑީގެ މަންޒަރުތައް ވެސް ހިމަނާފައިވެ އެވެ. ފުވައްމުލަކުގެ ހިތްގައިމު ކަނޑު އަޑީގެ މަންޒަރުތަކުން ފުރިގެންވާ ވީޑިއޯގައި ކަހަނބު އާއި ފެމުނު މިޔަރު ދައްކާލުމުގެ އިތުރުން އަދި ފުވައްމުލަކުގައި ރާޅާ އަޅާ ސާފަރުންނާއެކު ފޮޓޯ އަދި ވީޑިއޯ ވެސް ނަގާފައިވެ އެވެ.

ސެމްސަންގް ގެލެކްސީ އެސް 21 އަލްޓްރާ

ސެމްސަންގް ގެލެކްސީ އެސް 21 އަލްޓްރާ ފެނުއަޑީގައި ބޭނުން ކުރެވޭ ފޯނަކަށް ވި ނަމަވެސް ފެނުގެ ލޮނުކަމާއި ޕްރެޝަރުގެ ސަބަބުން ކަނޑު އަޑީގައި މިފޯނު ބޭނުން ކުރުމަކީ އުނދަގޫ ކަމެކެވެ. އެހެން ކަމުން މި މަންޒަރުތައް ޝޫޓް ކޮށްފައިވަނީ ފޯނުގައި ޕްރޮޓެކްޓިވް ކޭސްއެއް ލައިގެންނެވެ.

ނެޝަނަލް ޖިއޮގުރަފިކުން ބުނެފައިވަނީ ސްމާޓް ފޯނުން ނަގާފައިވާ މަންޒަރުތައް އެ މީހުންގެ އާއްމު ކެމެރާތަކުން ނަގާ ވީޑިއޯތަކާ ފެންވަރުގެ ގޮތުން ދާދި އެއްވަރު ކަމަށެވެ. -- ސެމްސަންގް މޮބައިލް