Advertisement

މަންޓާއިން އެންމެ ފަހުން ގެނައި މަތިންދާބޯޓު އުދުހެނީ. އެ ކުންފުނިން ގެނައީ މުޅިން އާ މަތިންދާބޯޓުތަކެއް.

މަންޓާ އެއާގެ ދަތުރުތައް ދަރަވަންދުއަށް މާދަމާ ފަށަނީ

FacebookTwitterWhatsAppTelegramViber

މަންޓާ އެއާގެ ދަތުރުތައް ބ. ދަރަވަންދޫއަށް މާދަމާ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ރަސްމީކޮށް ދަތުރުތައް ފެށި މަންޓާ އެއާއިން މިހާރު ވެސް އަންނަނީ ކޮންމެ ދުވަހަކު ހަތަރު ދަތުރު ދ. ކުޑަހުވަދުއަށް ކުރަމުންނެވެ.

މިއީ އެ އެއާލައިނުން ދަތުރުތައް ފަށާ ދެވަނަ މަންޒިލެވެ.

މަންޓާ އެއާއިން ބުނީ ދަރަވަންދޫއަށް ދުވާލަކު ދެ ދަތުރު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިމަގުގައި ދަރަވަންދުއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެއާލައިނުން ބުންޏެވެ.

ދަރަވަންދޫއަށް ދަތުރުތައް ފެށުމާ ގުޅުވައިގެން، މަންޓާ އެއާއިން ވަނީ ހާއްސަ ފެއާ ޓިކެޓުތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން މާދަމާ އިން ފެށިގެން 18ގެ ނިޔަލަށް ބޮޑު މީހަކަށް އެއްކޮޅު ޓިކެޓް 499ރ. އަދި ކުޑަ ކުއްޖަކަށް 249ރ. އެއްކޮޅު ޓިކެޓު ވިއްކަން ވަނީ ހަމަޖައްސައިފަ އެވެ.

ދަރަވަންދޫގެ އިތުރުން ތިމަރަފުއްޓަށް ވެސް މަންޓާގެ ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން މީގެކުރިން ބުނެފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top