ޓޫރިޒަމް ދާއިރާއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަރުމާކުރި ރަންޔޫބީލް ލޯގޯ ބޭނުން ކުރަންޖެހޭނީ ހުއްދަ ހޯދައިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަންޔޫބީލް ލޯގޯ ވީހާ ވެސް ގިނައިން ބޭނުންކުރުމަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް ލޯގޯ ބޭނުންކުރުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓްރީވެގެން ވަކި އުސޫލުތަކާއެކު ކަމަށް އެމިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ވިޔަފާރި އުސޫލުން މި ލޯގޯ ބޭނުން ކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކުރާއިރު، ލޯގޯ ބޭނުންކުރުމަށް އެދޭ ފޯމާއި ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތައް ގުޅިގެން ރާއްޖޭގެ ޓޫރިޒަމް 50 އަހަރު ފުރޭ ދުވަހަށް ތައްޔާރުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ އަހަރު 50 އަހަރު ފުރިގެންދާއިރު ރަންޔޫބީލު ލޯގޯ މިއަހަރުގެ މާޗް މަހު ތެރޭގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވަނީ އިފްތިތާހު ކޮށްދެއްވާފަ އެވެ.