ކޮވިޑާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ މުއްދަތު މިމަހުގެ 17 ނިޔަލަށް އޮފް މޯލްޑިވްސް އިން (ބީއެމްއެލް)އިން އިތުރުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި ގުޅިގެން އެ ބޭންކުން ކޮވިޑް-19 އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކުރަމުން އަންނަ ކަމަށެވެ. މި ލޯން ދޫކުރަމުން ދަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

މި ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަަމަށާއި، މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދު ވެސް ލޯން ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރު ކަމަށް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން މި ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 17 ކަމަށް އެބޭންކުން ވަނީ ބުނެފަ އެވެ.

މިމަހުގެ ސަތާރަގެ ނިޔަލަށް ލޯނަށް އެދި ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު ފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.